ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިއްޖެ އެވެެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުން 9:30 ގައި ހަވާ އެރުވުމަށް އޮންނާނެ ކަމަށެވެ.
މިއީ މިރޭ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ސުޕަމާކތެއް ހުޅުވަން ބާއްވާ ހަފުލާ އަށް ހާއްސަކޮށްގެން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ހަވާ އަރުވާނީ 5 މިނިޓަށެވެ.