Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މާފުށީގައި ވެސް ފެންބޮޑުވެއްޖެ

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކ. މާފުއްޓަށް ވެސް ބޯކޮށް ވާރޭ ވެހި މިއަދު ފެންބޮޑުވެއްޖެ އެވެ.

އެ ރަށުގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިރޭ 9:00 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައވެ އއެވެ.