Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ލޯބިވެރިޔާގެ ކުރީގެ މީހާގެ ސައިކަލްގައި ރޯކޮށްލައިފި

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި 21 އަހަރުގެ މީހާ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓުން ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ޒުވާނާ ބުނެފައި ވަނީ އެ އަމަލު އެހިންގުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. ސައިކަލްގައި ރޯކޮށްލީ ޖަނަވަރީ މަގު ވެލިގާ ހާޑުވެއާ ކައިރީގައި އެ ޕާކްކޮށްފައި ހުއްޓަ އެވެ.

ސައިކަލްގައި ރޯކުރި ޒުވާނަކީކުށުގެ ރެކޯޑު ގިނަ އަދި ކުށްކުރާ ޖަމާއަތެއްގައި ހަރަކާތްތެރިވާކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.