Last Updated: May 10, 09:54
Saturday, May 10, 2025
ޚަބަރު

އަޒާން ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި އަޒާންގެ އޮފީސް (ބުކް ސީޒަން ކުރިމަތި)ގަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި މަޖިލީހަށް ހޮވިވަޑައިގަތް ފަހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އަޒާން ދާއިރާގެ ރައްޔިތުންނޡާ ބައްދަލު ކުރައްވާފައިވެ އެވެ.