ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އައްޑޫ ފޭދޫގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.
ފޭދޫ އަވަށު އޮފީހުން އިންތިޒާމު ކުރާ މި ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13-15 އަށެވެ. އެހެންވެ މީގައި މުދާ ވިއްކަން ބޭނުންވާ ވިޔަފާރިތަކަށް ބައިވެރިވުމުހެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އަވަށު އޮފީހުން ބުނީ ނައިޓް މާކެޓްގައި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި އޮންލައި ވިޔަފާރިތަކާއި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މި ނައިޓް މާކެޓްގައި ވިއްކޭނީ ކާނާގެ ބާވަތް ނޫން ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަކޮށްފައިވާ އެހެނިހެން ތަކެއްޗެވެ.
އެހެންވެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވިޔަފާރީގެ ހުއްދައިގެ ކޮޕީ އާއި ރަޖިސްޓްރީވާ ފަރާތުގެ ނަމާއި އައީޑީ ކާޑު ނަންބަރު މި ނަންބަރަށް 7789044 އަށް ވައިބާކުރަން ފޭދު އަވަށު އޮފީހުން އެދެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ފޭދޫގައި ނައިޓް މާކެޓެއް ބޭއްވި އެވެ.