Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތި

ޑިމޮކްރެޓްސްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ހޮވިއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންފަ އެވެ.

އެ ދެބޭފުޅުން ޕާޓީ އިން ވަކިވުމުން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ކަމަށް ކުރިމަތިލެއްވީ އިންތި އެކަންޏެވެ. އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) އެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް އިންތި އަދި ނައިބު ރައީސްކަމުގެ މަގާމަށް ވައްޑެ އިންތިހާބުކޮށްފައިވަނީ ރޭ ބޭއްވި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގަ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.