Last Updated: February 18, 18:14
Tuesday, February 18, 2025
ކުޅިވަރު

ބާސާއިން ވެލެންސިއާ ކޮޅަށް ހަތް ގޯލު ޖަހައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 7-1 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

ބޮޑު މޮޅާއެކު ބާސާ މިހާރު އޮތީ 21 މެޗުން 42 ޕޮއިންޓު ހޯދައިގެން ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 21 މެޗުން 45 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު، އެއްވަނައިގައި 21 މެޗުން 49 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ބާސާ އިން ނިންމާލީ ވެސް ފަސް ގޯލުގެ ލީޑަކާއެކު އެވެ. މި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އެވެ. ބާސާގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންގް އާއި ފެރަން ޓޮރޭސްގެ އިތުރުން ރަފީނިއާ އެވެ.

ދެވަނަ ހާފުގައި ބާސާއިން ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ވެލެންސިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބާސާގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ހޫގޯ ޑޫރޯ އެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ފަހު ބާސާއިން ލީގުގައި ހޯދި އެންމެ ބޮޑު މޮޅެވެ.