Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ތަހުގީގަކަށް ހުޅުދޫ ޒުވާނަކު ހޯދަނީ

ފުލުހުން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ހުޅުދޫ ޒުވާނަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު އިރަމާގޭ ހުސައިން ޒައިދާން، 25، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޒައިނާން ހާޒިރުވާން އަންގާފައިވެ އެވެ.