Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ދެ ޑައިރެކްޓަރަކު ގުޅިގެން ފިލްމެއް ހަދަނީ

ބޮލީވުޑްގެ ކާމިޔާބު ދެ ޑައިރެކްޓަރަކު ގުޅިގެން ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެއީ ޝިޝާންކް ކައިތާން އާއި ލަވް ރަންޖަން ކަމަށެވެ.

މިހާތަނަށް މުޅިން ވެސް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ފިލްމުތައް ހެދި ޝިޝާންކް އަކީ "ހަމްޕްޓީ ޝަރުމާކީ ދުލްހަނިއާ" އާއި "ބަދުރީނާތު ކީ ދުލްހަނިއާ" އާއި "ދަޅަކް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯ އިން މި އަހަރުގެ އެޕްރީލްގައި ގެނެސްދޭން ހަމަޖެހިފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.

ލަވް ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގަމުން އަންނަ ލަވް އަކީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.

ލަވް އަކީ ކާމިޔާބު "ދޭ ދޭ ޕިޔާރު ދޭ" ގެ ޕްރޮޑިއުސަރު ވެސް މެ އެވެ.

މީޑިއާތަކުން ބުނީ ޝިޝާންކް އާއި ލަވް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމަކީ ވަރަަށް ތަފާތު ފްރެންޑްޝިޕް ކޮމެޑީއެއް ކަމަށާއި މި ފިލްން އާމު އެކްޓަރުންތަކެއް ބޮލީވުޑަށް ތައާރަފު ކުރާނެ ކަމަށެވެ. ނަމަވެސް މީގެ ނަމާއި ޑައިރެކްޓްކުރާނެ މީހަކު އަދި ސާފެއް ނުވެ އެވެ.

ބެލެވޭ ގޮތުން ފިލްމު ހަދަން ނިންމާފައި ވަނީ ލަވް އާއި ޝިިޝާންކް ޕްރޮޑިއުސްކޮށް، އެހެން ޑައިރެކްޓަރަކު ލައްވައި ފިލްމު ހަދާ ގޮތަށެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓް މިހާރު ފައިލަން ވެސް ކޮށްފައިވާ އިރު، މި އަހަރުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފަށާނެ އެވެ.