Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ފުވައްމަލަކުގައި ގާޑިޔާ ވިޔަފާރި އަށް ހުޅުވާލައި

ފުވައްމުލަކުގައި ގާޑިޔާ ވިޔަފާރި އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލާއި އެކަމުގެ ގަވާއިދާ ގުޅޭ މައުލޫމާތު ސެޝަނެއް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.

ފުވައްމުލަކުގައި މިހާރު ވެސް "ބާބާ ގާޑިޔާ" ގެ ނަމުގައި މަޝްހޫރު ވިޔަފާރިއެއް ހިންގަ އެވެ.