ދެހާސް ތޭވީސް ވަނަ އަހަރުގެ ތެރޭގައި ދެ ލޯންޗެއް އެކްސިޑެންޓްވެ، މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަނީ ކ. ކާށިދޫ، ހީނާވިލާ، ޔާނިސް ޙަމީދު، 35، އާއި ހދ. ނޮޅިވަރަން، ގްރީންހައުސް، މުޙައްމަދު ޖަމީލް، 43، އަށެވެ.
އެ ދެ މީހުންނަކީ އެކްސިޑެންޓްވި ދެ ލޯންޗް ދުއްވި މީހުންނެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށް ދިނުމަށް އެދި ފީޖީ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވީ ޖޫން 4،. 2023 ގައި ކަމަށެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށް ފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފަ އިވަނީ މި މަހުގެ 15 ގަ އެވެ.
އޭޕްރީލް 29، 2023 ވަނަ ދުވަހުގެ 4:42 އެހާކަށްހާ އިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2" ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ދަތުރުކުރި މީހަކު މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެގޮތުން އޭޑީކޭގައި ފަރުވާ ދެނިކޮށް މަރުވީ 52 އަަހަރުގެ ފިރިހެނެކެވެ.