Last Updated: May 8, 16:02
Thursday, May 8, 2025
ޚަބަރު

ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ.

ގައުމީ ބޭންކުން ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 24 އާ ހަމައަށް ކަމަށެވެ.

ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30-70 އަހަރާ ދެމެދުގެ މީހުންނަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ ހަ މެންބަރުންނާއި ބޭންކުން ޢައްޔަންކުރާ ދެ މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މެންބަރުންނެވެ.