"ދަ ކިންގް" ކިޔާ ފިލްމެއްގެ ޝޫޓިން ފަށަން މިހާރު ހުރިހާ ތައްޔާރީތަކެއްވެފައި ވިޔަސް، އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެދުމަކީ އެއްވެސް ތަނެއްގައި ފިލްމާ ބެހޭ ގޮތުން ވާހަކަ ނުދެއްކުން ކަމަށް ޝާހްރުކް ޚާން ބުނެފި އެވެެ.
ދުބާއީގައި އޮތް އިވެންޓެއްގައި އޭނަ ބުނީ 2023 ގެ "ޕަތާން" ވެސް ގެނެސްދިން ޑައިރެކްޓަރަކީ ވަރަށް "ހަރުކަށި" ޑައިރެކްޓަރެެއް ކަމަށެވެ.
"ސިދާތު ބުނަނީ ކީއް ކުރަންހޭ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަނީ؟ އެހެންވެ ހުއްދައެއް ނެތް އާ ފިލްމާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދައްކާކަށް،" ޝާހްރުކް ބުންޏެވެ. "އެކަމަކު މީގެ ޝޫޓިން އަށް އެކި ފަހަރު މަތިން ދުބާއީ އަށް އަންނާނަން."
ޝާހްރުކްއާ އެކު ދަރިފުޅު ސުހާނާ ޚާން ވެސް މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ "ދަ ކިންގް" އަކީ އެކްޝަން ތުރިލާއެކެވެ. ޝާހްރުކް ބުނީ މިއީ "ވަރަށް އެންޓަޓައިނިން" ފިލްމަކަށް ވާނެ ކަމަށެވެ.
މި ފިލްމު ހަދަނީ އޭނަގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެންމެވެ.
"ދަ ކިންގް" ވާނީ ސިދާތާ އެކު ޝާހްރުކް މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. ކުޅަދާނަ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން "ފައިޓާ" އެވެ.