ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ އަރިހަށް، އިންޑިއާގެ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ޒިޔާރަތުގައި ދެ ގައުމުގެ ދެމެދު ދިފާއީ ރޮގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޣައްސާން ދާދިފަހުން ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ތަމްރީނާއި ތައުލީމު ހޯދުމާއި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވެސް ދާދިފަހުން އިންޑިއާ ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.