Last Updated: February 18, 21:05
Tuesday, February 18, 2025
ދުނިޔެ

ސަރުކާރުން އުޅެނީ އާއިލާއާ ޖައްސާލައިގެން

ސްރީ ލަންކާގެ މިހާރުގެ ސަރުކާރުން އުޅެނީ ނުފޫޒު ގަދަ ސިޔާސީ އާއިލާ ކަމަށްވާ ރާޖަޕަކްސާގެ އާއިލާއާ ޖައްސާލައިގެން ބަދަލު ހިފަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މަހިންދަ ރާޖަޕްކަސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ ޔޫތު މިނިސްޓަދު އެގޮތަށް ވިދާޅުވީ އޭނަގެ ކޮއްކޮ ޔޮޝީތާ ރާޖަޕަކްސަން، 36، ގެ މައްޗަށް ކުުރެވޭ މަނީ ލޯންޑްރިންގެ ތުުމަތުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ހައްޔަރުކުރުމާ ގުޅިންމެވެ.

ނަމަވެސް ކަފާލާތުގެ ދަށުން އިއްޔެ އޭނަ ވަނީ ދޫކޮށްލައިފަ އެވެ.

މަޖިލީހުގައި ވާހަކަ ވާހަކަ ދައްކަވަމުން ނަމާލް ވިދާޅުވީ ރައީސް އަނޫރަ ކުމާރަ ޑިޔަނަކަގެ ސަރުކާރުގެ މައިގަނޑު ފޯކަސް މިހާރު އަމާޒުވެފައި އޮތީ އެ ބޭފުޅުންފެ އާއިލާ އަށް ކަމަށެވެ.

"އެކަމަކު އޭގެ ބަދަލުގައި ސަރުކާރުން ފޯކަސް ކުރަންވީ ގައުމާއި ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިނުމަށް." އޭނަ ވިދާޅުވި އެވެ.

ނަމާލް ވިދާޅުވީ ރާޖަޕަކްސާގެ އާއިލާގެ އެއްވެސް މީހަކު ކުށެއްކޮށްފައިވާ ނަމަ އެކަމެއް ކޯޓްތައް މެދުވެރިކޮށް ސާބިތުކޮށް ދޭންވީ ކަމަށެވެ. ނަމަވެސް ބަދަލު ހިފުމުގެ ރޫހުގައި އާއިލާގެ މިސްމީހުންނަށްގެ މައްޗަށް ތުޖުމަތުތައްކޮށް، ހައްޔަރުކޮށް ހަމަ އާއި އުސޫލުތަގެ ބޭރުން ކަންކަން ކުރުމަކީ ބަކައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މަހިންދަ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ނަމާލް، 38، އަކީ މިދިޔަ އަހަރު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ.