Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ކްރިތީއާ އެކު 'ތެރެ އިޝްގް މޭ' ގެ ޓީޒާއެއް

"ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" ފަދަ މަގުބޫލުތައް ފިލްމުތައް ގެެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމުގެ ބަތަލާއަކަށް ކްތިރީ ސެނަން ނަގައި އޭނަ ހިމަނައިގެން ފިލްމުގެ ޓީޒާއެއް ވެސް މިއަދު ދައްކާލައިފި އެވެ.

ދެހާސް ތޭވީހުގައި އިއުލާންކުރި މި ފިލްމުގެ ބަތަލަކީ މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް އެވެ. އޭނަ ވަނީ ކުރިން އާނަންދާ އެކު "ރާންޖަނާ" އާއި "އަތުރަންގީ ރޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ތެރެ އިޝްގް މޭ" އަށް ނެޝަނަލް އެެވޯޑް ވެސް ހޯދާފައިވާ ކްރިތީ ހަމަޖައްސާފައި މި ވަނީ މީގެ ބަތަލާއަކަށް ނަގާނީ ކިއާރާ އަދުވާނީ ނުވަތަ ޓްރިޕްތީ ދިމްރީ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. މި ފިލްމަކީ އާނަންދާ އެކީ ކްރިތީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ހުނަރުވެރި ބަތަލާގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އާއި "ކްރޫ" ގެ އިތުރުން "ދޯ ޕައްތީ" އެވެ.

މި އަހަރުގެ އެންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތެރެ އިޝްގް މޭ" ސިނަމާތަކަށް ގެންނަން މި އަހަރުގެ ނޮވެމްބަރު 28 ގަ އެވެ، އާނަންދު އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަކްޝޭ ކުމާރުގެ 2022 ގެ "ރަކްޝާބަންދަން" އެވެ.