Last Updated: May 6, 10:31
Tuesday, May 6, 2025
ޚަބަރު

ހުޅުމާލޭގައި 'އެއް ގެއިން އަނެއް ގެއަށް" ހަދިޔާ ކުރަމާ

ރޯދައާ ދިމާކޮށް ތައްޔާރުވުުގެ ގޮތުން ގޭބިސީގެ ހުންނަ ތަކެތި ބަދަލުކޮށް އާކުރާ އިރު،. އެއް ގެއިން އަނެއް ގެއަށް އެފަދަ ތަކެތި ހަދިޔާ ކުރަން ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމަށް ކިޔަނީ "އެއް ގެއިން އަނެއް ގެއަށް ހަދިޔާ ކުރަމާ" އެވެ.

އެޗްޑީސީން ބުނީ ރޯދައާ ދިމާކޮށް ތަކެތި ބަދަލުކުރާ އިރު، އަލުން ބޭނުން ކުރެވޭ ގޮތަށް ހުރި ކޮންމެ އެއްޗެއް ވެސް މި ޕްގޮރްގްރާމްގެ ތެރޭގައި ހަދިޔާ ކުރެވޭނެ ކަމަށެވެ. އެހެންވެ ހުޅުމާލޭގެ ހުރިހާ ގޭބިސީތަކަށް މިކަން ވަނީ ހުޅުވާލައިފަ އެވެ.

"އެއް ގެއިން އަނެއް ގެއަށް ހަދިޔާކުރަމާ" ފަށާނީ އަންނަ މަހުގެ 1 އެވެ. އެޗްޑީސީން ބުނީ ގޭބިސީތަކުން ހަދިޔާކުރާ ތަކެތި އެހެން ބޭނުންވާ އެހެން ގޭބިސީތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ކުންފުނިން ކޮށްދޭނެ ކަމަށެވެ.

އެހެންވެ ތަކެތި ހަދިޔާކުރަން ބޭނުންވާ ގޭބިސީތަކުން އަންނަ މަހުގެ 16 ގެ ކުރިން އެޗްޑީސީގެ ހޮޓްލައިން 7412111 އަށް ގުޅަން އެދިފައިވެ އެވެ.