ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު އާރިފް ކަމަށެވެ.
Welcome to the #TeamFenaka, Mr. Mohamed Arif.
We're excited to announce the appointment of Mr. Mohamed Arif as our new Deputy Managing Director. His leadership and experience will be invaluable as we continue to grow and achieve new milestones together. pic.twitter.com/R6OCPe9Lck— Fenaka Corporation Ltd (@TeamFenaka) January 28, 2025
އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން ޒުހުރީ މި މަހުގެ ކުރީކޮޅު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހަމަ އެ ދުވަހު ސަރުކާރުން ވަނީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފަ އެވެ.