ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
ހަލީލު ވިދާޅުވީ މި ދަތުރުފުޅުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދާއި ސައުދީ ސަރުކާރުގެ އެހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.
މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު ސައުދީއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.