Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހިދުމަތް އެ ރަށުގައި އިފުތިތާހުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ދިއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.

ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

ރަށްރަށުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ތައާރަފުކުރީ ގއ. ވިލިގިނލީގަ އެވެ.