Last Updated: May 8, 16:02
Thursday, May 8, 2025
ޚަބަރު

އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ގަޑި ބަދަލުވެއްޖެ

އަންނަ ހުކުރު ދުވަހު އެމްޑީޕީން މާލޭގައި "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި ބޮޑު އެއްވުން ބާއްވާ ގަޑި ބަދަލުވެއްޖެ އެވެ.

ކުރިން އެ އެއްވުން ބާއްވަން ހަމަޖައްސާފައި އޮތީ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗްގަ އެވެ. ނަމަވެސް އެއްވުން މިހާރު ވަނީ އެ ރޭ 8:00 އަށް ބަދަލުކޮށްފަ އެވެ.

މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މި އެއްވުމަށް އެމްޑީޕީން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއްވެފައިވާ އިރު، މީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެ ޕާޓީން އެދެ އެވެ.