Last Updated: May 9, 09:47
Friday, May 9, 2025
ޚަބަރު

ދާއިރާގެ ރައްޔިތުންނާ އައިބީ ބައްދަލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) މިރޭ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ބައްދަލުވުން އޮންނާނީ ބޮޑުމަގުގައި ހުންނަ ފޭދޫ ޕީއެންސީ އޮފީހުގަ އެވެ. ބައްދަލުވުން ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

ވީހާ ވެސް ގިނަ ބަޔަކު އެ ބައްދަލުވުމުގައި ބައިވެރިބާން އައިބީ އެދިވަޑައިގެންފައިވެ އެވެ.