"ޑްރާމާ ކްއީން" ގެ ނަމުގައި މަޝްހޫރު އިންޑިއާގެ ސެލެބްރިޓީ ރާކީ ސާވަންތު، ޕާކިސްތާން މީހަކާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
ކުރިން ވެސް ދެ ކައިވެންޏެއްކޮށްފައިވާ "ހާޖާނުގަނޑު ބޮޑު" ރާކީ ބުނީ އޭނަ ކައިވެނި ކުރަނީ ޑޯޑީ ޚާން ކިޔާ މީހަކާ ކަމަށެވެ. އޭނަ އަކީ ފުލުހެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ. ރާކީ ބުނި ގޮތުގައި ޕާކިސްތާނު މީހަކާ ކައިވެނި ކުރެވޭތީ ވަރަށް އުފާ ކުރާ ކަމަށާއި ޑޯޑީ ދެކެ އިންތިހާ އަށް ލޯބިވާ ކަމަށެވެ.
އޭނަ ބުނި ގޮތުގައި ކައިވެނީގެ ހަފުލާ އޮންނާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޕާކިސްތާންގަ އެވެ. އަދި ކައިވެނީގެ ރިސެޕްޝަން އންޑޮއާގައި ބޭއްވުމަށް ފަހު އެ މީހުން ހަނީމޫނަށް ދާން ހަމަޖެހިފައި ބަނީ ސްވިޓްޒަލޭންޑަށް ކަމަށް ރާކީ ބުންޏެވެ.
އޭގެ ފަހުން ދިރިއުޅުން ދުބާއީ އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް ރާކީ ބުންޏެވެ.
ރާކީ، 46، އެންމެ ފަހުން ކައިވެނިކުރީ އާދިލް ޚާން ކިޔާ މީހަކާ 2022 ގަ އެވެ. އެ ކައިވެނި "ހަޖޫގަނޑެއް' ގެ ގޮތުގައި ނިމިގެން ދިޔަ އިރު، ދެ މީހުން އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް ވެސް މައްސަލަތައް ރިޕޯޓްކޮށްފައިވެ އެބެެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކާއި އިންޑިއާގެ ބައެއް ރިއަލިޓީ ޝޯތަކުން ވެސް ފެނިފައިވާ ރާކީ އެންމެ ފުރަތަމަ ކައިވެނިކުރީ ރިތޭޝް ސިންގް ކިޔާ މީހެކެވެ. ދެހާސް ނަވާރައިގައި ކުރި އެ ކައިވެނީ ރޫޅުނީ 2022 ގަ އެވެ.