ތަހުގީގީ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ހުރިހާ ކައުންސިލްތަކުން ވެސް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެތަމުން އެގޮތަށް އެންގީ ތިނަދޫ ސިޓޯ ކައުންސިލާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި ހަފުތާގައި ކައުންސިލް އިދާރާ އަށް ވަދެ ލިޔެކިޔުންތަކެއް ގެންދިއުމުން ކައުންސިލުން އެކަން ވައްކަމެއްގެ ގޮތުގައި ސިފަކޮށްފައި ވަނިކޮށެވެ.
އެލްޖީއޭއި ން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމުކުރާ އިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންވެ ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން ކައުންސިލްތަކުން ހުރަސް ނޭޅުމަށް އިލްތިމާސް ވެސް ކޮށްފައިވެއެވެ.
އެލްޖީއޭ އިން ވަނީ އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފަ އެވެ.