Last Updated: February 18, 21:05
Tuesday, February 18, 2025
ދުނިޔެ

އެމެރިކާ ސަރުކާރުން މުވައްޒަފުން މަދު ކުރަނީ

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

އެގޮތުން މިލިއަނެއްހާ ފެޑެރެލް މުވައްޒަފުންނަށް އިއްޔެ ފޮނުވި މެއިލެއްގައި ބުނެފައި ވަނީ ސަރުކާރުގެ ވަޒީފާތަކުގައި ދެމިތިބެން ބޭނުންވާ މުވައްޒަފުން އަންނަ މަހުގެ 6 ގެ ކުރިން އެކަން އަންގައި ދިނުމަށެވެ. އަދި ވަޒީފާ ދޫކޮށްލަން ބޭނުންވާ މީހުންނަށް އަބުރުވެރިކަމާ އެކު ވަޒީފާ ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށާއި އެފަދަ މުވައްޒަފުންނަށް ސެވަރެންސް ޕެކޭޖެއްގެ ގޮތުގައި 8 މަހުގެ މުސާރަ ދޭނެ ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މުވައްޒަފުންނަށް މި ދިން ފުރުސަތުގެ ބޭނުން ގާތްގަނޑަކަށް މުވައްޒަފުންގެ 10 ޕަސެންޓް ނުވަތަ 200،000 އެއްހާ މުވައްޒަފުން ގަބޫލުކުރާނެ އެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން 100 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.

އެމެރިކާ ސަތުކާރުގެ މުވަޒަފުންގެ އަދަދު 2 މިލިއަނަށް ވުރެ ގިނަ އެވެ.

ސަރުކާރުން މުވައްޒަފުން މަދުކުރަން ރެޒްގްނޭޝަން ޕްރޮގްރާމެއް ފެށި ނަމަވެސް މީގެ ތެރޭގައި ބައެއް ދާއިރާތަކުހެ މުވައްޒަފުން ނުހިމެނެ އެވެ. އެގެ ތެރޭގައި އަސްކަރިއްޔާ އާއި އިމިގްރޭޝަނާއި ނެޝަނަލް ސެކިއުރިޓީ ދާއިރާ ފަދަ ދާއިރާތައް ހިމެނެ އެވެ.

އެމެރިކާގެ ރައީސްކަމާ ދެވަނަ ދައުރަކަށް ޓްރަމްޕް ހަވާލުވެވަޑައިގަތީ މި މަހުގެ 20 ގަ އެވެ. އޭނަ ކުރިން ވެރިކަން ކުރެއްވީ 2016-2020 އަށެވެ.