މިހާރު އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މަޙޭޝް ބާބޫ އާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލު ކުޅޭ ފިލްމުން ޖޯން އަށް ފުރުސަތު ލިބުނު އެއިން، މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އަށް ލިބުނު ފުރުސަތު ދޫކޮށްލަން ޖެހުމާ ގުޅިގެން ކަމަށެވެ. ޕްރިތިވީ ފިލްމު ދޫކޮށްލީ ވަގުތުގެ ތާށިކަމާ ހެދި ކަމަށް މީޑިއާތަކުން ބުންޏެވެ.
އެހެންވެ އޭނަގެ ބަދަލުގައި ފިލްމަޑް ޖޯން ނަގާފައިވާ ކަމަށާއި ވަރަށް އަވަހަށް އޭނަ ހައިދަރުއާބާދުގައި ކާސްޓާއި ކްރޫއާ ގުޅޭނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.
ރަސް،މީކޮށް އަދި އިއުލާން ނުކުރާ ރާޖަމޯލީގެ އާ ފިލްމަކީ އެކްޝަން އެޑްވެންޗާއެކެވެ. މިއީ އާދައިގެ މަތިން އޭނަ އާއި ބައްޕަ ކޭވީ ވިޖަޔަންދުރަޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. އެ ދެ ބަފައިންނަކީ "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ގެނެސްދިން މީހުންނެވެ.
މީޑިއާތަކުން ބުނީ މި ފިލްމުގެ ޝޫޓިންް ފެށީ މި މަހުގެ ކުރީކޮޅު ކަމަށެވެ.