Last Updated: July 26, 17:27
Sunday, July 26, 2026
ޚަބަރު

ކުއްޖަކު ފިހުނު މައްސަލައެއް ބަލަނީ

ކުޑަކުއްޖަކު ފިހިގެން އަނިޔާވެފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފިހިފައި 13 އަހަރު ފިރިހެން ކުއްޖަކަށް ކަމަށާއި އަދި އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފެށީ މި މަހުގެ 23 ގަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.