ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމް އަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އެމްއާރްއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.
ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދި އެމްއާރްއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ދަރިކަލުން ފާރިސް މައުމޫނެވެ.