މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން "ތައްޔާރުވަމާ" ގެ ނަމުގައި އަންނަ މަހު ވޯކްޝޮޕެއް މަހު ބާއްވަން ނިންމައި ފިއެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ އެއް ދުވަހުގެ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 8 ގައި ސޯޝަލް ސެންޓަރުގަ އެވެ. އެއީ އެ ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ.
ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ އުމުރުން 16-35 އަހަރާ ދެމެދުގެ މީހުންންނަށެވެ. މީގެ ކުރިން ވެސް މި އުމުރާގެ މީހުންނަށް ހާއްސަކޮށްގެން މިފަދަ ވޯކްޝޮޕްތަކެއް ބާއްވާފައިވެ އެވެ.
އަންނަ މަހު ބާއްވާ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށެވެ.