Last Updated: May 6, 09:56
Tuesday, May 6, 2025
ޚަބަރު

ރާއްޖެ އާއި އިންޑިއާގެ ހައި ލެވެލް މަޝްވަރާތަކެއް

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިދިޔަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ހައި ލެވެލް ކޯ ގްރޫޕް (އެޗްއެލްސީޖީ) ގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން އިއްޔެ މާލޭގައި ބާއްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެގޮތުން ވިޔަފާރި އާއި އިގުތިސާދާއި ސިއްހަތާއި ޑިފެންސާއި މެރިޓައިމް ސެކިއުރިޓީ އާއި މީހުން ބިނާކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

އޭގައި ބުނީ އެޗްއެލްސީޖީގެ މި އަހަރުގެ ދެވަނަ ބައްދަލުވުން އަންނަ އެޕްރީލް މަހު ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުން އޮންނާނީ ނިއު ދިއްލީގަ އެވެ.