Last Updated: May 14, 11:51
Wednesday, May 14, 2025
މުނިފޫހިފިލުވުން

ވިކީއާ އެކު ކަބީރް އަލަށް ފިލްމެއް ހަދަނީ

ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރު ޚާންގެ ފެވަރިޓް ބަތަލާ، ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލާ އެކު އޭނަ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން މިއަދު ބުނީ މިކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މިހާރު މަޝްވަރާތަކެއް ވެސް ކުރެވެމުން އަންނަ ކަމަށެވެ.

ކަބީރަކީ ކެޓްރީނާގެ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން ވިކީގެ ވެސް ގާތް ރައްޓެއްސެކެވެ. އެގޮތުން ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކުރަން 2022 ގައި ބޮޑު ޓީމަކާ އެކު ކުރި ދަތުރުގެ ބައިވެރިންގެ ތެރޭގައި ވެސް ކަބީރާއި އޭނަގެ އަންހެނުން މިނީ މާތޫރު ވެސް ހިމެނެ އެވެ.

ވިކީއާ އެކު ފިލްމެއް ހަދަން ކަބީރް ޕްލޭން ކުރަމުން އަންނަ އިރު، ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރުގެ ކޮއްކޮ، ސަނީ ކޯޝަލާ އެކު ކަބީރް ވެބް ސީރީޒެއް ހަދާފައިވެ އެވެ. އެއީ 2020 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ދަ ފޮގެޓްން އާމީ: އާޒާދީ ކޭ ލިޔޭ" އެވެ.

ވިކީގެ އަންހެނުން ކެޓްރީނާ ހިމަނައިގެން އެކު ކަބީރް ގެނެސްދިން ފިލްމިތަކަކީ "އޭކް ތަ ޓައިގާ"، "ނިއު ޔޯކް" އަދި "ފޭންޓަމް" އެވެ.

"އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކާތިކް އާރިއަނާ އެކު ގެނެސްދިން "ޗަންދޫ ޗެމްޕިއަން" އެވެ.

ވިކީއާ އެކު އޭނަ ފިލްމެއް ހަދަން ކަބީރް މަސައްކަތްކުރާ އިރު، މި ހަފުތާގައި އޭނަ ވަނީ އެޕްލޯސް އެންޓައިންމަންޓަށް ދެ ފިލްމެއް ހަދަން އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 14 ގައި ގެނެސްދޭ ތާރީހީ ހަނގުރާމަ ފިލްމު "ޗާވާ" އެވެ.