Last Updated: February 18, 20:15
Tuesday, February 18, 2025
ދުނިޔެ

މަތިންދާބޯޓެއް ކޯރަކަށް ވެއްޓިއްޖެ

ކެންސަންސްގެ ވިޗިޑާ އިން އިން 64 މީހުންނާ އެކު ފުރައިގެން ދަތުރު ކުރަނިކޮށް ވައިގެ ތެރޭގައި އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް ކޯރަކަށް ވެއްޓިއްޖެ އެވެ.

މީޑިއާތަކިން ބުނީ އެ ބޯޓް ވެއްޓުނީ 24 ފޫޓް ފުން، ޕޮޓޯމެކްް ކޯރަށް ކަމަށެވެ. ބޯޓާއި ހެލިކޮޕްޓަރު ވައިގެ ތެރޭގައި މުޑި އެރި އިިރު، ހެލިކޮޕްޓަރުގައި ތިން އޮފިސަރަކު ތިއްބެވެ. މި ހާދިސާއާ ގުޅިގެން މިހާތަަނަށް 18 މީހަކު މަރުވެފައިވާ އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ އެމެެރިކަން އެއާލައިންސްގެ ބޯޓްގައި ޖެހުނު ހެލިކޮޕްޓަރަކީ ރޭގަން ނެޝަނަލް އެއާޕޯޓަށް ޖައްސަން ދަތުރު ކުރަމުން ދިޔަ އެއްޗެއް ކަމަށެވެ.