Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އިހަވަންދޫގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

ހއ. އިހަވަންދޫގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ފަށައިފި އެވެ.

އެ ރަށުގައި އެ ހިދުމަތް ފެށި ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ އިހަވަންދު އަށް ވަޑައިގަތުމުގެ ތެރޭގަ އެވެ.

އެ ރަށުގައި ޕާސްޕޯޓްގެ ހިދުމަތް ފައްޓައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އެންމެ އިސް ވެރިން ވެސް ބައިވެރިވަޑައިގަތެވެ.