Last Updated: June 12, 17:14
Friday, June 12, 2026
މުނިފޫހިފިލުވުން

ކަރީނާ އަނެއްކާވެސް "ނަން ވެޖެޓޭރިއަން" އަކަށް!

ސައިފް އަލީ ހާނާ މިދިޔަ އަހަރު ކައިވެނި ކުރުމުގެ ކުރިން ކަރީނާ ކަޕޫރަކީ "ޕިއޯ ވެޖެޓީރިއަން" އެކެވެ.

އަދި އޭނާ މަހުގެ ބާވަތްތައް ކެއުން ހުއްޓާލައި މުޅިން ވެސް ތަކުރާރީ އާއި މޭވާގެ ބާވަތްތައް ކެއުމަށް ބަދަލުވީ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުގެ އެދުމުގެ މަތިންނެވެ. ޝާހިދަކީ "ޕިއޯ ވެޖެޓޭރިއަން" އެކެވެ.

އެހެން ނަމަވެސް ޝާހިދު އާއި ކަރީނާގެ ލޯބީގެ ގުޅުން 2008 ވަނަ އަހަރު ނިމުުމަކަށް އަަަައުމަށް ފަހު، ދެ މީހުން އެކުގައި ސްކްރީނުން ފެނުމުގެ ފުރުސަތު ވެސް ބެލުންތެރިންނަށް ގެއްލިފައި ވަނިކޮށް ޝާހިދުގެ ސަބަބުން ކަރީނާ އަށް ފޯރާފައި އޮތް ހަމައެކަނި ބަދަލު ކަމަށްވާ "ވެޖެޓޭރިއަން" ޓެގް ވެސް ދޫކޮށްލީ އެވެ.

ބޮލީވުޑްގައި "ސައިޒް ޒީރޯ" ގެ ނަމުން މަޝްހޫރު ކަރީނާ ވެޖެޓޭރިއަން ޓެގް ދޫކޮށްލައި، މަހުގެ ބާވަތްތައް ކާން ފަށާފައިވާ ކަމަށް މައިދައިތަ ޝަރްމީލާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ދާދި ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝަރްމީލާ ބުނީ އޭނާގެ އާއިލާއަކީ ނަން ވެޖެޓޭރިއަން އާއިލާއަަކަށްވުމުން ކަރީނާ ވެޖެޓޭރިއަނަކަށްވުމުން ގޭގެ ސުފްރާ އާ މެދު ފިކުރު ބޮޑުވާން ޖެހުނު ކަމަށެވެ.
ެ
ްެަެއެހެން ނަމަވެސް ކަރީނާ މިހާރު ގޭގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް މަހުގެ ބާވަތްތައް ކާން ފެށުމުން، ހާސްކަން ފިލައިގެން ގޮސްފައިވާ ކަމަށް ޝަރްމީލާ ބުންޏެވެ.