Last Updated: May 14, 09:59
Wednesday, May 14, 2025
މުނިފޫހިފިލުވުން

ސަލްމާނާ އެކު ރަޝްމިކާ އަށް 2 ވަނަ ފިލްމެއް

ސަލްމާން ޚާން ހިމަނައިގެން ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަން ނިންމައިވާ ފިލްމުގެ ބަތަލާ އަކީ ވެސް ރަޝްމިކާ މަންދަނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރަސްމީކޮށް އަދި އިއުލާން ނުކުރާ ފިލްމަށް ޒުވާން ބަތަލާ މިހާރު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު ރިލިޒްކުރި "ޕުޝްޕާ 2" ގެ ބަތަލާ ރަޝްމިކާ އަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް ސަލްމާންގެ "ސިކަންދަރު" ގެ ވެސް ބަތަލާ އެވެ. އެ ފިލްމަކީ ތަމަޅަ ޑައިރެކްޓަރު އޭއާރް މުރްގަދޯސްގެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ އެޓްލީގެ ފިލްމުގައި ސަލްމާނާ އެކު، ކަމަލް ހަސަނާއި ރަޖްނީކާންތު ވެސް ފެންނާނެ އެވެ. ޝާހްރުކް ޚާންގެ 2023 ގެ "ޖަވާން" ގެނެސްދިން ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ސަލްމާނާ އެކީ ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހަތަކެއް ގެނެސްދޭނެ، ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ.

އިންޑިއާގެ ދެކުނުހެ މަޝްހޫރު ބަތަލާއެއްގެ ގޮތުގައ ފާހަގަކޮށްލެވޭ ރަޝްމިކާ އަކީ މިހާރު ބޮލީވުޑުން ގިނަ ހުށަހެޅުންތައް ލިބެމިން އަންނަ ބަތަލާއެކެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 14 ގައި ރިލީޒްކުރާ ވިކީ ކޯޝަލްގެ "ޗާވާ" އިންނެވެ.