Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ހުރާ އިން 46 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގައިއ އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ކ. ހުރާ އިން ގަވާއިދާ ހިލާފު 46 ބިދޭސީއަކު އަތުލައިގެންފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ އެ މީހުން އަތުލައިގަތީ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.

މާލެ ސަރަހައްދުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވާ އިރު، 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.