Last Updated: February 18, 21:58
Tuesday, February 18, 2025
ރިޕޯޓް

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓަން ގަވާއިދެއް

އެކި ކަންކަމަށް ފައިސާ އެއްކުރަން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން ރެގިއުލޭޓް ކުރާނެ ގަވައިދެއް ހަދަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިކަމާ ގުޅެ ގޮތުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެކި ކަންކަމަށް ފަންޑު ހޯދުމަށް ތަފާތު އެކި ޖަމިއްޔާ ތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން ރެގިއުލޭޓްކުރާނެ ގަވައިދެއް ވަރަށް އަވަހަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ގަވާއިދެއް މިހާރު ކޮންމެހެން ވެސް ބޭނުންވާ ކަމަށާއި އެ މި ގަވައިދު ހަދާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ޤަވައިދުގެ ދަށުންނެވެ.

އެގޮތުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓަން ހުއްދަ ދެވޭނީ، އެ ފަންޑު މެދުވެރިކޮށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފުސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަަށް ޝަހީމް ވިދާޅުވި އެވެ.