Last Updated: February 18, 20:43
Tuesday, February 18, 2025
ޚަބަރު

އައްޑޫގެ އަވަށްތަކެއްގެ ބައެެއް މަގުތަކުގެ ޓްރެފިކްފްލޯ އަށް ބަދަލެއް

އައްޑޫ ހަންކެޑެ އާ ބްރިޖް މާދަމާ އިނން ފެށިގެން ހުޅުވައިލަން ނިންމުމާ ގުޅިގެން ކައުންސިލުން ތިން އަވަށެއްގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ އަށް މާދަމާ އިން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

އެ ތިން އަވަށަކީ މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދު އެވެ.

މި ތިން އަވަށުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި މާދަމާ އިން ފެށިގެން ލިންކް ލިންޑް ކޯޒްވޭ މަރަދޫ ގުޅުނު ހިސާބު ބަންދުކުރުމާއި މަރަދޫ ބޮޑު މަގުން ލިންކް ރޯޑަށްވާ ގޮތަށް އޮންނަ 'ހިޔާ ފަންނު މަގު' އާއި "ވައިފަހި މަގު" އަދި "ޖަމާލީ މަގު: އެއްކޮޅަށް ދުއްވޭ މަގަކަށް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫ ބޮޑުމަގުގެ އެއް ފަޅީގައި ޕާކް ކުރެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އެގޮތުން ވެހިކަލްތައް ޕާކް ކުރަން ކަނޑައަޅާފައި ވަނީ ގަމުން ހިތަދު ދާ އިރު، މަގުގެ ވާތް ފަޅީގަ އެވެ. އަނެއް ފަޅީގައި ޕާކް ކުރުމަކީ މަނާމަކެވެ.

މީގެ އިތުރުން އެ ތިން އަވަށުގެ ބޮޑުމަގުގައި މެންދަމު 1:00 ގެ ފަހުން ވެހިކަލްތައް ޕާކްކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ކަނޑަޅާއިފައިވެ އެވެ.