Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ރައީސްގެ ތައުޒިޔާ އެމެރިކާ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ވޮޝިންގްޓަން ޑީސީއާ ދާދި ކައިރިން، މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މި ހާދިސާގައި، ހުރިހާ ފަސެންޖަރުންނާއި ކުރޫއިންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެމެރިކާއާއިއެކު ދެމިތިބިކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.