މީގެ ހައެެއްކަ އަހަރު ކުރިން ކޮސް ގިނަ މިސްޓޭކް (ކޭއެމްޖީ) ގެ ނަމުގައި ހަދަން ފެށި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހު، ބަދަލުތަލަކަކާ އެކު އޭގެ މަސައްކަތް އަލުން ފަށައިފި އެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ގޮތަށް 2019 ގައި އިއުލާންކުރި ފިލްމެކެވެ. ވީ މީޑިއާއާ ގުޅިގެން ހަދަން ފެށި އޭރު ފިލްމުގެ ޓީޒާއެއް ވެސް ދައްކާލާފައިވެ އެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރަކަށް އަލީ ސީޒަން ހަމަޖައްސައި، ކާސްޓަށް ވެސް ބަދަލުތަކެއް ގެނެސްދިން "ކޭޖީއެމް' ގެ ޝޫޓިން އަލުން މި ވަނީ ފަށައިފަ އެވެ.
މީގެ މަސައްކަތް ކުރިއަށް ދަނީ މ. މުލީގަ އެވެ. ފިލްމުގެ ކާސްޓާއި ކްރޫ އެ ރަށަށް ދިޔައީ އިއްޔެ އެވެ.
"ކޭޖީއެމް" ގެ ކާސްޓްގައި ޔޫއްޕެ، މަރިޔަމް ޢައްޒަ، ސީޒަން، އާމިނަތު ރިޝްފާ، އަހުމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް ޝިފާ، ޝާއްކޮ އަންމަޑޭ އަދި ހާމިދު އަލީ ފަދަ ތަރިން އެވެ.
ފާހަގަކޮށްލަން ޖެހެ ޚާޟާޚި ގިނަ ދުވަސްތަކެއް ފަހުން އަލުން ފިލްމީ މަސައްކަތަށް ނުކުތް އެކްޓަރޫ ޖުމައްޔިލް ނިމާލު (ޖުމަލް) ވެސް މި ފިލްމުގެ ކާސްޓްގައި ހިމެނޭކަމެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެ، ބެލުންތެރިން ލޯބި ހޯދި އެކްޓަރު ސްކްރީނުން ގެއްލުނީ އޭނަގެ މައްޗަށް ފެންމަތިވި ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެންނެވެ.
މަޝްހޫރު އެކްޓަރު އަހުމަދު ނިމާލުގެ ދަރިފުޅު، ޖުމަލް އެންމެ ފަހުން ފެނިފައި ވަނީ ޑާކް ރެއިން އެންޓަޓައިންމަންޓުން 2023 ގައި ގެސްދިން "ނޮވެމްބާ" އިންނެވެ. އެ ފިލްމަކީ 2020 ނިންމައި، ރިލީޒް ނުކުރެވި ދިގުލައިގެން ދިޔަ ފިލްމެކެވެ.
"ކޭޖީއެމް" އަކީ މިދިޔަ އަހަރު "ކަމަނާ" ގެނެސްދިން ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި މިދިޔަ އަހަރުގެ "ސާޔާ" ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާ ކޮމެޑީއެކެވެ.