Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ބިދޭސީއެއްގެ އަތުން ފޭރުނު ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއެއްގެ އަތުން 33،500ރ. ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ރެނދަން ވާޒު ކަޅު ތުއްތު، 36، އާއި ތ. ތިމަރަފުށީ ސޮފްވާން އަލީ، ލަކީހައުސް، ސޮފްވާން އަލީ، 36، ކަމަށެވެ.

ފުލުހުން މިއަދު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގުލާބީ ގޯޅީގައި ދެ މީހަކުވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރިޕޯޓްކުރީ މެންދަމު 02:12 ކަށްހާއިރު ކަމަށެވެ. ފުލުހުން އެ މީހުން ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިއަދު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.