ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2025" ފަށައިފި އެވެ.
މިއީ ރޯދަ މަހު ގިނަ ވަގުތުތަކެއްގައި ބަދިގޭގައި ހޭދަކުރާ މަހަކަށް ވާނެތީ، ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފަޔަ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭ ގޮތުން ހޭލުންތެރިކު ރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުން ކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އަމަލުކުރާނޭ ގޮތްތަކާ ބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރެވިގެން ދާނެ އެވެ.
މިދިޔަ މަހުގެ 30 އިން މި މަހުގެ 7 ގެ ނިޔަލަށް ކުރިއަށް ގެންދާ "ފަޔަ ޕްރިވެންޝަން ވީކް" ގްރޭޓާ މާލޭ އޭރިއާ ސަރަހައްދުތަކުގަ އާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ސްޓްރީ އޮފް އެޑިޔުކޭޝަނާއި، މާލެ ސިޓީގެ ސްކޫލުތަކާއި، މާލޭ ސިޓީ ކައުންސިލް އަދި މުއައްސަސާތަކާ ގުޅިގެންނެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް ހިންގަން ހަމަޖެހިފައި ވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މާލެ ސިޓީގެ ސްކޫލުތަކާއި، މާލޭ ސިޓީ ކައުންސިލް އަދި މުއައްސަސާތަކާ ގުޅިގެންނެވެ.
އެގޮތުން ގްރޭޓާ މާލޭ އޭރިއާ ސަރަހައްދުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަންތަނަކީ އަމީނިއްޔާ ސްކޫލާއި، ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދާއި، މުޙްޔިއްދީން ސްކޫލާއި، ޢާޒީ ސްކޫލުގެ އިތުރުން، ތިލަފުށީ ބަނދަރު ސަރަހައްދާއި، ރަސްފަންނު އަދި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ.