މާލޭގައި ބިދޭސީއެއްގެ އަތުން 33،500ރ. ފޭރުނު ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ޖަހައިފި އެވެ.
އެ ދެ މީހުންނަކީ ހ. ރެނދަން ވާޒު ކަޅު ތުއްތު، 36، އާއި ތ. ތިމަރަފުށީ ސޮފްވާން އަލީ، ލަކީހައުސް، ސޮފްވާން އަލީ، 36، ކަމަށެވެ.
ފުލުހުން އިއްޔެ މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގުލާބީ ގޯޅީގައި ދެ މީހަކުވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރިޕޯޓްކުރީ މެންދަމު 02:12 ކަށްހާއިރު ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން އެ މީހުން ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިއަދު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.