Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ރޭ ފެނުނީ ޑިމޮކްރަސީގެ ރީތި މިސާލެއް: އާޒިމާ

އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ރޭ މާލޭގައި ބޭއްވި އެއްވުމަށް ސަރުކާރުން ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށް ކުރީގެ އެޓާނީ ޖެނެރެލް އާޒިމާ ޝަކޫރް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެމްޑީޕީން ބޭއްވި އެއްވުމަށް ސަރުކާރުން ފުރުސަތުދީ، އެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ވެސް އެއްބާރުލުން ދިނުމަކީ ގާނޫނުއަސާސީ ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްކަން ކަށަވަރުކޮށް ދިން ކަމެއް ކަމަށެވެ.

އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފުލުހުންނަށް ވެސް މަރުހަބާ އާއި ޝުކުރު ދަންނަވައި އާޒިމާ ވިދާޅުވީ މިއީ ޑިމޮކްރަސީގެ ރީތި މީސާލެއް ކަމަށެވެ.

ސަރުކާރާ ދެކޮޅަށް "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި މާލޭގެ މަގުތަކުގައ ބޭއްވި ސުލްހަވެރި އެއްވުމުގައި ރައީސްގެ އިސްތިއުފާއަށާއި ބައެއް މިނިސްޓަރުންގެ އިސްތިއުފާ ވެސް ގޮވާލި އެވެ.