އެމެރިކާގައި ކުޑަ އެއާ އެމްބިއުލާންސެއް ވެއްޓިއްޖެ އެވެ.
މީޑިއާތަކުން ބުނީ ފިލަޑެލްފިއާގެ އިމާރާތްތަކެއްގެ މައްޗަށް އެ ވެއްޓުނު އިރު، އޭގައި މެކްސިކޯގެ ހަ މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ބަލި ކުޑަ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަގެ އިތުރުން ޑޮކްޓަރަކު ވެސް ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ސަލާމަތްވި ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.
މި މެޑިކަލް ޖެޓް އިމާރާތްތަކެއްގެ މައްޗަށް ވެއްޓި، އެ އިމާތްރާތަކާއި މަގުމަތީގައި ހުރި ވެހިކަލްތަކެއްގައި ވެސް އަލިފާން ރޯވެފައިވެ އެވެ.
މި ހާދިސާ ހިނގީ އެމެރިކާގައި ފަރުވާ ދިނުމަށް ފަހު ކުއްޖާ ގޮވައިގެން މެކްސިކޯ ދަތުރު ކުރަނިކޮށް ކަމަށް 'ޖެޓް ރެސްކިއު އެއާ އެމްބިއުލާންސް" އިން ބުންޏެވެ. ވެއްޓުނީ ލިއާޖެޓް 55 މަރުކާގެ އެއްޗެކެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެސް އެމެރިކާގައި ވައިގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުބް 64 މީހުންނާ އެކި ދަތުރުކުރި އެމެރިކަން އެއާލައިންގެ މަތިންދާބޯޓެއް ތިން މީހުންނާ އެކު ދަތުރުކުރި އަސްކަރީ ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ޖެހި ކޯރަކަށް ވެއްޓި އެންމެން މަރުވެފައިވެ އެވެ.