ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ނަން ނޯބެލް ޕީސް ޕްރައިޒަށް ހުށަހެޅުމާ ނިންމުމާ ގުޅިގެން އެއްވެސް އިނާމެއް ބޭނުން ނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާގެ ނަން ނޯބެލް އިނާމު ކޮމިޓީ އަށް މިދިޔަ ހަފުތާގެ ތެރޭގައި ހުށަހެޅުއްވީ ކުރެއްވީ ޔޫރަޕިއަން ޕާލިމަންޓް މެންބަރެެއް ކަމަށްވާ ބްރާންކޯ ގްރިމްސް އެވެ. އޭނަ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދެއްވަން އީލޮން ކުރައްވާފައިވާ މަސައްކަތަކަށް ނޯބެލް ޕްރައިޒް ހައްގުވާ ކަމަށެވެ.
The proposal that Mr. Elon Musk, for his consistent support for the fundamental human right of freedom of speech and thus for peace, receives the Nobel Peace Prize 2025, was successfully submitted today. Sincere thanks to all the co-proposers and everyone who helped with this… pic.twitter.com/QdI4fnbzdU
— Branko Grims (@BrankoGrimsX1) January 29, 2025
އެގޮތުން 2022 ގައި ޓްވިޓާ ބައްލަވައިގެން އީލޮން ފަހިކޮށް ދެއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރު އިންތިހާ އަށް އޮތް ކަމަށް މެންބަރު ވިދާޅުވެފައިވެ އެވެ. އަދި އެ ހައްގަކީ އިންސާނުން އެންމެ ބޭނުންވާ އެއް އަސާސީ ހައްގު ކަމަށްވާތީ އީލޮން އަށް ޕްރައިޒް ހައްގުވާ ކަމަށް ބްރާންކޯ ވިދާޅުވި އެވެެ.
ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު އީލޮން ވަނީ 2023 ގައި އެ ޕްލެޓްފޯމް 'އެކްސް' އަށް ރީބްރޭންޑް ކުރައްވައިފަ އެވެ. އޭގެ ފަހުން އެކްސްއާ ގުޅޭ ގޮތުން އުސޫލުތަކާ ހެދި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އީލޮން އަށް އަމާޒުވެފައިވެ އެވެ.
ނޯބެލް ޕީސް ޕްރައިޒަށް އީލޮންގެ ނަން ނޮމިނޭޓް ކުރަން އެކްސް ޕޯސްޓެއްގައި އޭނަ ވިދާޅުވީ "އެއްވެސް އިނާމެއް ބޭނުން ނޫން" ކަމަށެވެ.