Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ހިރިމަރަދޫ މީހުން ބަދަލު ކުރާނީ ހަނިމާދު އަށް

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދު އަށް ބަދަލު ކުރަން ނިންމީ ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން މިދިޔަ ސެޕްޓެމްބަރުގައި ރަށު ކައުންސިލް މެންބަރުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފައިވެ އެވެ.

ނަމަވެސް އޭރު ހިރިމަދޫ މީހުން ބޭނުންވީ ކ. ތުލުސްދޫއަށެވެ.

އެންމެ ފަހުން ބޭއްވި ބޯހިމެނުމުން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ.