Last Updated: February 18, 21:05
Tuesday, February 18, 2025
މުނިފޫހިފިލުވުން

'މޭރޭ ހަޒްބަންޑް ކީ ބީވީ' ގެ ޓްރެއިލާ އާންމުކޮށްފި

މި މަހު ރިލީޒް ކުރަމް ހަމަޖެހިފައިވާ ބޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ "މޭރޭ ހަޒްބަންޑް ކީ ބީވީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 21 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގުގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ. ރަކުލްގެ ފިރިމީހާ ޕްރޮޑިއުސަރު ޖެލީ ބަގްނާނީގެ އާއިލާ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓުން ގެނެސްދޭ "މޭރޭ ހަޒްބަންޑް ކީ ބީވީ" ގެ ޑައިރެކްޓަރަކީ މުދައްސަރު އަޒީޒެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޭލް ކޭލް މޭ" އެވެ.

ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ "މޭރޭ ހަޒްބަންޑް ކީ ބީވީ" ގެ ކާސްޓްގައި ޑީނޯ މޯރިއާ، އަނީތާ ރާޖް، އަދިތިޔާ ސީލް، ޝަކްތީ ކަޕޫރް އަދި ކަންވަލްޖީތު ސިންގް ހިމެނެ އެވެ.

އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ސިންގަމް އެގެއިން" ގެ ވިލަންގެ ރޯލުންނެވެ.