Last Updated: May 6, 06:12
Tuesday, May 6, 2025
ޚަބަރު

އަލިފާން ރޯވި ގޭގެ އާއިލާ ވަގުތީ ބޯހިޔާވަހިކަމަށް

އިއްޔެ މެންދުރު ފަހު އަލިފާންގެ ހާދިސާއެއް ހިނގި މ. ވީނަސްގޭގެ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިބާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ ހާދިސާ ހިނގި ގޭގެ އާއިލާގެ ތިން މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓްގެ ބަދިގެ ވަރަށް ބޮޑަށް އަދާފައިވާ އިރު، ސިޓިން ރޫމަށް ވެސް ބޮޑެތި އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.
.
އަލިފާން ރޯވީ ވީނަސްގޭގެ 7 ވަނަ ބުރީގަ އެވެ. އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 13:38 ހާއިރު އެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.