Last Updated: August 21, 17:05
Thursday, August 21, 2025
ޚަބަރު

މަނިކުދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީ ހިތަދޫ، މަނިކު ދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްފެށުމަށް ދާގަނޑު ކޮންސްޓްރަކްޝަންއާއި އައްޑޫސިޓީ ކައުންސިލް އާއި ދެމެދުގައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މިދަނޑުގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ދާނީ ދަނޑުގައި ފެންސުޖެހުުމުގެ މަސައްކަތްކަމަށެވެ.މި މަސައްކަތުގެ މުއްދަތަކީ 6 މަސްދުވަހެވެ.

ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.